ދިއްލީގައި ބޮން ގޮއްވި މައްސަލައިގައި ހައްޔަރު އެއް ޑޮކްޓަރު ރާއްޖޭގައި ތިން އަހަރު މަސައްކަތް ކުރި

އަދަދު

18 ނޮވެމްބަރު 2025 | އަންގާރަ | 1:38

އިންޑިއާގެ ވެރި ރަށް ދިއްލީގައި ކާރެއްގައި ހަރުކޮށްފައި އިން ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލައިގެ މައްސަލައިގައި ހައްޔަރު ކުރި ޑޮކްޓަރަކު ރާއްޖޭގައި ތިން އަހަރު މަސައްކަތް ކުރި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ބޮން ގޮއްވީ ނޮވެމްބަރު 10، ގައި ދިއްލީގެ ރެޑް ފޯޓް ހިސާބުގަ އެވެ. އެއީ ފަތުރުވެރިން ވަރަށް ގިނަ އަދަދަކަށް ޒިޔާރަތް ކުރާ އާސާރީ ތަނެއް ހިމެނޭ ސަރަހައްދެކެވެ. އެ ހާދިސާގައި 14 މީހަކު މަރުވެ، އިތުރު 40 މީހަކު ވަނީ ޒަހަމްވެފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި އިންޓާގްރަލް ޔުނިވާސިޓީ އޮފް ލަކްނޯގެ އެސިސްޓަންޓް ޕްރޮފެސަރެއްގެ މަގާމު އަދާކުރަމުންދިޔަ ޑރ. ޕަރްވޭޒް އަންސާރީ ވަނީ 2021 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ތިން އަހަރު މަސައްކަތްކޮށްފަ އެވެ.

މައުޟޫޢުތަށް