ދުންފަތުގެ ޑިއުޓީ ބޮޑުކުރުން ވެގެންދިޔައީ ބޮޑު މުސީބާތަކަށް: ނާޒިލް

އަދަދު

18 ނޮވެމްބަރު 2025 | އަންގާރަ | 10:45

މި ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ދުންފަތުގެ ޑިއުޓީ ބޮޑުކުރުން ވެގެން ގޮސްފައިވަނީ ރައްޔިތުންނަށް ކުރިމަތިވި ބޮޑު މުސީބާތަކަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން ނާޒިލް ވިދާޅުވީ މި އަހަރުގެ ބަޖެޓަށް އާމްދަނީ އިތުރުކުރުމަށް އޮތް މައިގަނޑު ސިޔާސަތަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދުންފަތުން ނެގޭ ޓެކްސް ބޮޑުކުރަން ނިންމި ނިންމުން ކަމަށެވެ.

"އެހެން ނަމަވެސް އެ ވެގެންދިޔައީ ގައުމަށް. ރައްޔިތުންނަށް. އާންމު ރައްޔިތުންނަށް ބޮޑު މުސީބާތަކަށް ވެގެންދިޔައީ އިއްޒަތްތެރި ރައީސް. ވަގުން އިތުރުވީ. ވިޔަފާރިވެރިން ކުރާނެ އައު މޮޅު ވިޔަފާރިއެއް ގޮތަށް މި ގައުމުގަ އެހެން ގޮތަކަށް ނިޒާމު ބަދަލުވެގެންދިޔައީ. ވަރަށް ރަނގަޅަށް ވިޔަފާރި ކުރަމުން އައި ވިޔަފާރިވެރިންނަށް ވެސް ކުއްލިއަކަށް ބޮޑު ފައިދާއެއް ލިބޭނެ އެއްޗެއް ގޮތުގަ ފެނިގެންދިޔައީ ދުންފަތް ނުވަތަ ސިނގިރޭޓު،" ނާޒިލް ވިދާޅުވި އެވެ.

މައުޟޫޢުތަށް