ބައެއް ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޑރ. ޕަރްވޭޒް ހަރުކަށި ފިކުރަށް ދިޔައީ ރާއްޖޭގައި މަސައްކަތް ކުރިއިރު

އަދަދު

19 ނޮވެމްބަރު 2025 | ބުދަ | 9:31

އިންޑިއާގެ ވެރި ރަށް ދިއްލީގައި ބޮމެއް ގޮއްވާލައިގެން އަށް މީހުން މަރާލި ހާދިސާގައި ހައްޔަރު ކުރި ޑރ. ޕަރްވޭޒް އަންސާރީ ހަރުކަށި ފިކުރަށް ދިޔައީ އޭނާ ދިވެހިރާއްޖޭގައި މަސައްކަތް ކުރިއިރު ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.

އެތެރެހަށީގެ ޑޮކްޓަރެއްގެ ގޮތުގައި ރާއްޖޭގެ ހޮސްޕިޓަލެއްގައި ތިން އަހަރު މަސައްކަތް ކުރި ޕަރްވޭޒް، 41، ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހެވެ. އޭނާގެ ދައްތަ، ޑރ. ޝާހީން ޝާހިދާއެކު އެ މައްސަލައިގައި ޖުމްލަ 10 ޑޮކްޓަރަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.

އިންޑިއާގެ އެންމެ އިތުބާރު ހިފޭ އެއް ނޫސް ކަމަށްވާ ހިންދުސްތާނު ޓައިމްސްގައި، އުއްތަރު ޕްރަދޭޝްގެ އެންޓި ޓެރަރިސްޓް ސްކޮޑުގެ މަސްދަރުތަކާ ހަވާލާދީ ބުނެފައި ވަނީ، ޕަރްވޭޒް ރާއްޖޭގައި މަސައްކަތް ކުރިއިރު ހަރުކަށި ފިކުރަށް ގޮސް، ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން ގާއިމް ކުރި ކަމަށް ބެލެވޭ ކަމަށެވެ.

މައުޟޫޢުތަށް