އެމްޑީޕީގެ ބޮޑު މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

އަދަދު

18 ނޮވެމްބަރު 2025 | އަންގާރަ | 10:44

އިދިކޮޅު އެމްޑީޕީ އިން މާލޭގައި އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންނަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް ކޮށްދިނުމަށް ފުލުހުން އެދުނީ ގާނޫނު އަދާކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ނަމަވެސް، އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނަ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ އެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފަ އެވެ.

މައުޟޫޢުތަށް