ގޫގުލް ޕްރޮޖެކްޓުގެ ސަބަބުން ރާއްޖެއަށް އަމިއްލައަށް ނެގެން އޮތް ފައިދާ ގެއްލޭނެ: ފައްޔާޒު

އަދަދު

18 ނޮވެމްބަރު 2025 | އަންގާރަ | 11:14

ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫއު އާއެކު ރާއްޖެއިން އަމިއްލައަށް ނެގެން އޮތް ފައިދާއެއް ގެއްލިގެންދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ގޫގުލް އާއި ދިވެހި ސަރުކާރުން ރޭ ކުރި އިއުލާނުތަކުގައިވާ ގޮތުގައި، "ދިވަރު" ނަން ދެވިފައިވާ މި ކަނޑުއަޑީގެ ކޭބަލް ސިސްޓަމުން އޮމާނާއި ރާއްޖެ އާއި އޮސްޓްރޭލިއާގެ ހުޅަނގު ބިތުގައި އޮންނަ ކްރިސްމަސް އައިލެންޑްސް ގުޅައިލާނެ އެވެ.

ފައްޔާޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޫގުލް އިން މި މަޝްރޫއު ހިންގުމަށް މިދިޔަ ސަރުކާރަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް އޭރު އެކަމަށް އެއްބަސް ނުވީ ކުރީ ސަރުކާރުން ރާއްޖެ އަކީ ސަބްމެރިން ކޭބަލް އަދި އައިސީޓީ ހަބަކަށް ހެދުމަށް ގެންގުޅުނު ސިޔާސަތަށް މި މަޝްރޫއުން ހުރަސް އެޅޭތީ ކަމަށެވެ.

މައުޟޫޢުތަށް