މިއަދު މުޒާހަރާއާ ދެކޮޅަށް ވާހަކަ ދެއްކިޔަސް ވެރިކަމަށް އައީ އިންޑިއާ އައުޓޭ، ހަރާމް ހުކުމޭ ކިޔައި މުޒާހަރާ ކޮށްގެން: ފިއްޓޭ

އަދަދު

19 ނޮވެމްބަރު 2025 | ބުދަ | 11:00

އެއްވެ އުޅުމާއި މުޒާހަރާ ކުރުމާ ދެކޮޅަށް މިއަދު ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވާހަކަ ދެއްކިޔަސް އެ ޕާޓީން ވެރިކަމަށް އައީ އިންޑިއާ އައުޓް އަދި ހަރާމް ހުކުމޭ ކިޔައިގެން މުޒާހަރާ ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ގިނަ މެންބަރުން ވަނީ އެ ގާނޫނު އޮންނަން ޖެހޭ ކަމަށާއި މުޒާހަރާ ކުރުމުގެ ހައްގު ހަނިކުރަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ.

އެ ކަމަށް ރައްދު ދެއްވާ ޒިޔާދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅުން ކުރި ބޮޑެތި މުޒާހަރާތައް ކަމަށެވެ. އޭރު މުޒާހަރާ ކުރި މީހުންނަށް ދައުވާ ނުކުރާ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

މައުޟޫޢުތަށް