ކޮވިޑު ފެތުރުނަސް މުޒާހަރާ ކުރާނަމޭ ބުނެ މަގުތަކަށް ނުކުތީ ވެސް މި ސަރުކާރުގެ ވެރިން: އަމީން
އަދަދު
19 ނޮވެމްބަރު 2025 | ބުދަ | 12:00
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭ، ބަލި ފެތުރުނަސް މުޒާހަރާ ކުރާނަމޭ ބުނެ މާލޭގެ މަގުތަކަށް ނުކުތީ އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ ވެރިން ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
އެއްވެ އުޅުމާއި މުޒާހަރާ ކުރުމަށް ހުރަސް އެޅޭނެހެން މިހާރު އޮތް ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އަމީން ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ސިޔާސީ މަސައްކަތް ކުރަމުން އައިސްފައިވަނީ "ތާހިރުކޮށް" ނޫން ކަމަށެވެ. ޑީއާރުޕީ، ޕީޕީއެމް، އަދި ޕީއެންސީ ނިސްބަތްވާ ފިކުރުން ހަޑިހުތުރުކޮށް މީގެ ކުރިން އެތައް މުޒާހަރާއެއް ކުރިކަން އަމީން މިއަދު ހަނދާން އައު ކޮށްދީފައިވެ އެވެ.
"ކޮވިޑުގެ ދަތި ހާލަތުގަ އެބޭފުޅުންނެއް ނޫންތަ ބުނީ ކޮވިޑު ފެތުރުނަސް މުޒާހަރާ ކުރާނަމޭ. [މަޖިލީހުގެ] ރައީސް ނުހުންނަންތަ އެބޭފުޅުންނާ އެކީގަ. އެއީތަ ގައުމަށް ލޯބިވާ މެންބަރުންނަކީ. މިއަދު އަރާ އަޑުގަދަ ކުރެވިދާނެ. ހަގީގަތް، ތާރީހުން ފެންނަން އޮތީ ހަމަ އެއްގޮތަކަށް. ވަކި ތާހިރު ބައެއް ނޫނޭ ތި ޕީއެންސީ އަކީ،" އަމީން ވިދާޅުވި އެވެ.