އެޕްސްޓީން ފައިލްސް ހާމަކުރަން ކޮންގްރެސް އިން ފާސްކޮށްފި؛ ވަހީދުގެ މުއާމަލާތްތަކާ ގުޅޭ އިތުރު މައުލޫމާތު ލިބިދާނެ
އަދަދު
19 ނޮވެމްބަރު 2025 | ބުދަ | 11:43
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާއި ދެކޮޅަށް އެމެރިކާގެ ތަހުގީގީ އިދާރާތަކުން ކުރި ތަހުގީގަށް ހޯދި ހުރިހާ ލިޔެކިޔުމެއް، ނުވަތަ "އެޕްސްޓީން ފައިލްސް" އާންމުކުރަން އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށްފި އެވެ.
އެޕްސްޓީން ފައިލްސް ހާމަކުރަން ހައުސް އަދި ސެނެޓުގައި ނެގި ވޯޓުގައި އެމެރިކާގެ މައި ދެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ވެސް އެ ބިލަށް ތާއީދުކުރި އެވެ. ވައިޓްހައުސް ގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެ ބިލު ވަރަށް އަވަހަށް ތަސްދީގުކުރައްވާނެ އެވެ.
ހުރިހާ ޑޮކިއުމެންޓެއް އާންމުކުރުމުގެ ކުރިން އެމެރިކާ ކޮންގްރެސްގެ ހައުސް އިންސައިޓް ކޮމިޓީން މިދިޔަ ހަފުތާ ވަނީ 20،000 ޑޮކިއުމެންޓެއް އާންމުކޮށްފައެވެ. އޭގެތެރެއިން ދިވެހިން އެންމެ ބޮޑަށް އަޅައިގަތީ އެޕްސްޓީން އާއެކު ރައީސް މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު، ކުރީގެ ރައީސް މުހައްމަދު ވަހީދު ގާތް ގުޅުމެއް ބޭއްވިކަން ހާމަވި މެއިލްތަކެވެ.