އޭޓީއާރު މަރުކާގެ އިތުރު ދެ ބޯޓު މޯލްޑިވިއަންއިން ކުއްޔަށް ނަގަނީ
އަދަދު
19 ނޮވެމްބަރު 2025 | ބުދަ | 1:19
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އޭޓީއާރު މަރުކާގެ އިތުރު ދެ ބޯޓު ކުއްޔަށް ހޯދުމަށް އިއުލާން ކޮށްފި އެވެ.
ދެ ބޯޓު މޯލްޑިވިއަންއަށް ކުއްޔަށް ދިނުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ ނޮވެމްބަރު 27، ގެ 14:00 އެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 10، ގެ 23:59 އެވެ.
މިފަހަރު ވެސް މޯލްޑިވިއަންއިން ހޯދަނީ އޭޓީއާރު 600-42 މަރުކާގެ ދެ ބޯޓެވެ. އޭގެ ތެރެއިން އެއް ބޯޓު އޮގަސްޓު 2026، ގައި ރާއްޖެއަށް ގެންނަން ޖެހޭއިރު ދެވަނަ ބޯޓު ގެނައުމަށް ދީފައިވާ ތާރީހަކީ އޮކްޓޯބަރު 2027، އެވެ.