ދަރިއެއް ވިހާއިރު މައެއްގެ ގައިގައި އަޅާ ވޭން ނޭނގޭހެން މެންބަރުކަން ކުރުމުގެ ބުރަ އެހެން މީހުންނަށް ނޭނގޭނެ: ފަލާހު

އަދަދު

19 ނޮވެމްބަރު 2025 | ބުދަ | 2:20

ދަރިޔަކު ވިހާއިރު މައިންގެ ގައިގައި އަޅާ ވޭން އެހެން މީހުންނަށް ނޭނގޭހެން، މަޖިލިސް މެންބަރުކަން ކުރުމުގެ ބުރަ އެހެން މީހުންނަށް ނޭނގޭނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވަނީ މަޖިލިސް މެންބަރުންނަށް ކުރިމަތިވާ ޕްރެޝަރާއި ދިމާވާ ދަތިތައް އަދި ކުރަންޖެހޭ ބުރަ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފަ އެވެ. ދުވާލު ހަތަރުދަން ހޭދަކުރަނީ މަސައްކަތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ހަމަ މަންމައަކު ދަރިޔަކު ވިހާއިރުގަ. އެ މަންމައަކަށް އެ އަޅާ ވޭން އެހެން މީހަކަށް. އެކަން ނުވާ މީހަކަށް ނުކުރާ މީހަކަށް ނުވަތަ. އެ އިހުސާސް ނުކުރާ މީހަކަށް ނޭނގޭ ފަދައިން ހަމަ ވާވަރު ކަމެއް ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރުމަކީ،" ފަލާހު ވިދާޅުވި އެވެ.

މައުޟޫޢުތަށް