މީހެއްގެ އެހީއާ ނުލައި ޕާސްޕޯޓު ޗެކު ކުރެވޭ އީ ގޭޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރުކުރަން ފަށައިފި

އަދަދު

19 ނޮވެމްބަރު 2025 | ބުދަ | 7:49

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، މީހެއްގެ އެހީއާ ނުލައި ޕާސްޕޯޓު ޗެކު ކުރެވޭ އިލެކްޓްރިކް ގޭޓު ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓު ބޭނުންކުރާ މީހުން ބޯޑަރު ކޮންޓްރޯލް ކައުންޓަރުތަކުގައި މިހާރު ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހޭ ކަމަށެވެ. އީ ގޭޓުތައް ހަރުކުރަނީ އެކަމަށް ނިމުމެއް ގެނައުމަށް ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން، ޖެނުއަރީ 1، 2016 ގެ ކުރިން އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލެއްގައި 10 ގޭޓު (ޖުމްލަ 20 ގޭޓް) ހަރުކުރެވި ބޭނުންކުރަން ފެށޭނެ،" މުއިއްޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް