ހައިކޯޓު ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ޖަމީލްއަށް

އަދަދު

19 ނޮވެމްބަރު 2025 | ބުދަ | 8:54

ދިވެހިރާއްޖޭގެ ހައިކޯޓު ހިންގުން ވަގުތީގޮތުން އަބްދުالله ޖަމީލް މޫސާއާ މިއަދު ހަވާލުކޮށްފި އެވެ.

ހައިކޯޓުގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ކޯޓު ހިންގުމުގެ ޒިންމާ ވަގުތީ ގޮތުން ޖަމީލްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިއަދާ ހަމައަށް ހައިކޯޓު ވަގުތީ ގޮތުން ހިންގަމުން ގެންދިޔައީ އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ނަމަވެސް އެ ޒިންމާ ޖަމީލްއާ ހަވާލުކުރީ ކޮން ސަބަބަކާހުރެ ކަމެއް ނޭނގެ އެވެ.

މައުޟޫޢުތަށް