ހުލާސާކޮށް އިއްޔެ: ރެފެރަންޑަމަށް ޕީއެންސީ ބައެއް މެންބަރުންގެ ތާއީދެއް ނެތް

އަދަދު

20 ނޮވެމްބަރު 2025 | ބުރާސްފަތި | 6:40

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކި ކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް މާއްދާ ބަދަލު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަދި އެ ޕާޓީގެ އެހެން ބައެއް މެންބަރުން ތާއީދު ނުކުރައްވާ ކަން އިއްޔެ ހާމަކުރެއްވި އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ހުށަހެޅި ބިލުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރެއްގެ ގޮނޑި ގެއްލޭނީ އޭނާ މަގާމުން ވަކި ކުރަން ނަގާ ރިފެރެންޑަމް ވޯޓެއްގައި ރައްޔިތުން އެގޮތަށް ނިންމައިފި ނަމަ ކަމަށެވެ.

މި ބިލަށް ތާއީދު ނެތް ކަމަށް ވިދާޅުވެ ފުރަތަމަ ވާހަކަދެއްކެވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ. ބިލަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ މަޖިލީހަށް މެންބަރަކު އިންތިހާބުކުރީ ވަކި ސިޔާސީ ޕާޓީއަކުން ކަަމަށްވާނަމަ ދައުރު ނިންމާލަން ޖެހޭނީ އެ ޕާޓީއެއްގައި ހުރެގެން ކަމަށެވެ.

މައުޟޫޢުތަށް