އަންހެނަކު ކިޑްނެޕްކޮށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އަދަދު

20 ނޮވެމްބަރު 2025 | ބުރާސްފަތި | 9:23

މާލޭ ގެއެއްގެ ތެރޭގައި އުމުރުން 18 އަހަރުގެ ޒުވާން އަންހެނަކު ކިޑްނެޕް ކުރުމަށްފަހު އޭނާއަށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ އަހުމަދު އާހިލް މުނާޒު، 19، ހ. ފޯ ސީޒަން ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ.

މީގެ ކުރިން ފުލުހުން ބުނީ ނުރުހުމުގައި ގެއެއްގެ ތެރޭ ހިފެހެއްޓުމަށްފަހު ޖިސްމާނީ އަނިޔާކޮށްފައިވަނީ 18 އަހަރުގެ އަންހެނަކަށް ކަމަށެވެ. އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އެމީހާއަށް ކުރި އަނިޔާގެ އެއްވެސް ތަފުސީލެއް ވެސް ފުލުހުން ނުދެ އެވެ.

މައުޟޫޢުތަށް