ގަވަރުނަރު މުނައްވަރު ދެއްވި ލަފާ ބަޖެޓު ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމަނަން ޕީއެންސީގެ މެންބަރުން ބޭނުމެއް ނުވި
އަދަދު
20 ނޮވެމްބަރު 2025 | ބުރާސްފަތި | 9:18
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ދިރާސާކުރި ކޮމިޓީއަށް ހާޒިރުވެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ދެއްވި ލަފާ ބަޖެޓު ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމެނުމަށް، ބަޖެޓު ކޮމިޓީގައި ތިއްބަވާ، ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ މެންބަރުން ދެކޮޅު ހަދައިފި އެވެ.
ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކުރީ އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި މުނައްވަރުގެ ލަފާ ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމަނެމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެވެ.
"އަޅުގަނޑު ހުށަހަޅަން އެމްއެމްއޭގެ ގަވަރުނަރު ދީފައިވާ ފަންނީ ލަފާ އެއީ ބަޖެޓު ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމަނަން. ބަޖެޓު ފާސްކުރާއިރު،" ގަފޫރު ވިދާޅުވި އެވެ.