ދަރިޔަކު ވިހެއުމާއި މަޖިލިސް މެންބަރުންގެ މަސްއޫލިއްޔަތާ އަޅާކިޔައި ދެއްކެވި ވާހަކައާއެކު ފަލާހު ހޫނުފެނަށް!

އަދަދު

20 ނޮވެމްބަރު 2025 | ބުރާސްފަތި | 12:07

ދަރިޔަކު ވިހާއިރު މައިންގެ ގައިގައި އަޅާ ވޭން އެހެން މީހުންނަށް ނޭނގޭހެން، މަޖިލިސް މެންބަރުކަން ކުރުމުގެ ބުރަ އެހެން މީހުންނަށް ނޭނގޭނެ ކަމަށް ވިދާޅުވެ ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު އިއްޔެ މަޖިލީހުގައި ދެއްކެވި ވާހަކައާ ގުޅިގެން ގިނަބައެއް ނުރުހުމާއި ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެ އެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މަޖިލިސް މެންބަރުންނަށް ކުރިމަތިވާ ޕްރެޝަރާއި ދިމާވާ ދަތިތައް އަދި ކުރަންޖެހޭ ބުރަ މަސައްކަތްތައް އެކަން ނުކުރާ މީހުންނަށް ނޭނގޭނެ ކަމަށެވެ. އަދި ދުވާލުގެ ހަތަރު ދަން މަޖިލިސް މެންބަރުން ހޭދަކުރައްވަނީ މަސައްކަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ހަމަ މަންމައަކު ދަރިޔަކު ވިހާއިރުގައި، އެ މަންމައަކަށް އެ އަޅާ ވޭން އެހެން މީހަކަށް، އެކަން ނުވާ މީހަކަށް ނުކުރާ މީހަކަށް ނުވަތަ އެ އިހުސާސް ނުކުރާ މީހަކަށް ނޭނގޭ ފަދައިން ހަމަ ވާވަރު ކަމެއް ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރުމަކީ،" ފަލާހު ވިދާޅުވި އެވެ.

މައުޟޫޢުތަށް