އަތޮޅު ކައުންސިލުތައް އުވައިލުން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް އިދިކީލި: އަލީ ހުސެއިން
އަދަދު
20 ނޮވެމްބަރު 2025 | ބުރާސްފަތި | 5:35
އަތޮޅު ކައުންސިލުތައް އުވައިލުން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް އެކަން މުޅިން އިދިކީލި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ. އަދި އަތޮޅު ކައުންސިލު ނުހިމެނޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ވިދާޅުވީ ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި ވަނީ އަތޮޅުތަކަކަށް ކަމަށެވެ. އެއީ ދިވެހިވަންތަ ސިފައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އަތޮޅު ކައުންސިލު އުވާލުން ރާއްޖެ އުފެދިފައިވާ ގޮތާ ދިމާ އިދިކީލި ކަމަށެވެ.