ގޫގުލް ޕްރޮޖެކްޓަށް ހިތަދޫއިން 160،000 އަކަފޫޓުގެ ބިމެއް ދޭން އެދެފި، ކައުންސިލުން ބުނަނީ އާމްދަނީ ނުލިބޭނަމަ ބިން ނުދޭނެ ކަމަށް!

އަދަދު

20 ނޮވެމްބަރު 2025 | ބުރާސްފަތި | 8:12

ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫއުގެ ބޭނުމަށް 160،000 އަކަފޫޓު ނުވަތަ 1.5 ހެކްޓަރުގެ ބިމެއް ދޭން ސަރުކާރުން އެދިފައިވީ ނަމަވެސް ކައުންސިލަށް އާމްދަނީއެއް ނުލިބޭ ގޮތަށް ބިން ދޫނުކުރަން އައްޑޫ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

ކަނޑުއަޑީގެ ކޭބަލް ސިސްޓަމަކުން އޮމާނާއި ރާއްޖެ އާއި އޮސްޓްރޭލިއާގެ ހުޅަނގު ބިތުގައި އޮންނަ ކްރިސްމަސް އައިލެންޑްސް ގުޅާލާ މި މަޝްރޫއު ގޫގުލް އާއި ދިވެހި ސަރުކާރުން އިއުލާނުކުރީ ނޮވެމްބަރު 17، ގަ އެވެ. މި ކޭބަލް އަށް ކިޔަނީ "ދިވަރު" އެވެ.

މި މަޝްރޫއުގެ ބޭނުމަށް އައްޑޫއިން ބޮޑު ބިމެއް ހޯދަން ސަރުކާރުން އެދުނު މައްސަލަ ބެލީ މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެ ބިމުގެ މައްސަލަ ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅީ ކައުންސިލްގެ ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މުގައްރިރު ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު އެވެ.

މައުޟޫޢުތަށް