ހުޅުމާލެ ފޭސް 2 ގައި މިރޭ ބާއްވާ "ރައިޒްއަޕް" ހަރަކާތުގައި ޔާމީން ބައިވެރިވޭ
އަދަދު
21 ނޮވެމްބަރު 2025 | ހުކުރު | 2:22
ހުޅުމާލެ ފޭސް 2 ގައި މިރޭ ބާއްވާ "ރައިޒްއަޕް" ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވަނެކަން އިއުލާންކޮށްފި އެވެ.
"ރައިޒްއަޕް" ނަމުގައި ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓްގެ 12 ވަނަ ޓަވަރު ކުރިމަތީގައި ބާއްވާ އެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 ގަ އެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި ހަރަކާތުގެ ބައިވެރިންނާ މުހާތަބުކޮށް ޔާމީން ވާހަކަ ދައްކަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.