ހުލާސާކޮށް އިއްޔެ: މުއިއްޒު އަށް 100 އަކުން 20!
އަދަދު
22 ނޮވެމްބަރު 2025 | ހޮނިހިރު | 7:06
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް 100 އަކުން ދޭނީ 20 މާކްސް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވި އެވެ.
ހުޅުމާލެ ފޭސް ދޭއްގައި މިރޭ ބޭއްވި "ރައިޒް އަޕް ޔޫތު" އިވެންޓުގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިއަދު ރާއްޖޭގެ ހާލަތު ފަސް ގަރުނު ފަހަތަށް ގޮސްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކުގައި ސަރުކާރުތަކާއި ވެރިންގެ ޕާފޯމަންސް ރޭޓު ކުރާ އިންޑެކްސް ބޭނުންކޮށްގެން ޔާމީން ވަނީ މި ސަަރުކާރުގެ ފުރަތަމަ ދެ އަހަރުގެ މަސައްކަތްތައް ރޭޓުކޮށްފަ އެވެ.