ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ވަގު ސިނގިރޭޓު ގެއްލިއްޖެ
އަދަދު
22 ނޮވެމްބަރު 2025 | ހޮނިހިރު | 10:30
ދިވެހިރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓުތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ދެ ފަހަރެއްގެ މަތިން ފުލުހުން އަތުލައިގަނެފައިވާ ސިނގިރޭޓުތަކެއް ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ހުއްޓާ ގެއްލިފައިވާ ކަމަށެވެ.
އެ މައްސަލަ ފެންމަތިވީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ބެލެވިގެން ފުލުހުން އަތުލައިގަތް 32 ކާޓަން ސިނގިރޭޓު ކާޓަން ކަސްޓަމްސްއާ ހަވާލު ކުރުމަށް ނޮވެމްބަރު 12، 2025، ގައި ބެލިއިރު، އޭގެތެރެއިން ހަ ކާޓަން ސިނގިރޭޓު މަދުވެފައިވާތީ ކަމަށް ފުލުހުންގެ މެސެޖުގައި ބުންޏެވެ.