ސިޓީ ކައުންސިލްގެ ލީގަލް ހެޑު ނަސީރު, އަންހެނުންގެ ކޮމިޓީގެ އިދާރީ ކަންކަމާ ހަވާލުކޮށްފި
އަދަދު
24 ނޮވެމްބަރު 2025 | ހޯމަ | 9:18
މާލޭގެ ރޯމަސް މާރުކޭޓު ތަރައްގީ ކުރަން ހެދި ގޮތް ނޭނގޭ އެއްބަސްވުންތަކުގައި އެ ކައުންސިލްގެ ފަރާތުން ސޮއިކުރި ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމް މާލެ ސިޓީގެ ވިމެންސް ޑިވެލޮޕްމަންޓު ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިދާރީ ކަންކަމުގެ ވެރިޔަކަށް ބަދަލުކޮށްފި އެވެ.
އަދަދު އަށް މި މައުލޫމާތު ލިބިގެން މޭޔަރު އާދަމް އާޒިމްގެ އަރިހުން މައުލޫމާތު ސާފުކުރުމުން ވިދާޅުވި ގޮތުގައި އެއީ ގެނައި އިދާރީ ބަދަލެކެވެ.
މާލޭ މަސްމާރުކޭޓު ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައި ބަޔަކާ ހަވާލު ކޮށްފަ އެވެ.