ރާއްޖޭގެ ސުޕްރީމް ކޯޓާއި ސައުދީގެ ޖަސްޓިސް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
އަދަދު
23 ނޮވެމްބަރު 2025 | އާދިއްތަ | 9:55
ރާއްޖޭގެ ސުޕްރީމް ކޯޓާއި ސައުދީ އަރަބިއްޔާގެ ޖަސްޓިސް މިނިސްޓްރީއާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން ސޮއިކުރެއްވީ އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ. ސައުދީގެ ޖަސްޓިސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. ވާލިދް އަލް ސަމާނީ އެވެ.
ސައުދީގައި ކުރިއަށްދާ އިންޓަނޭޝަނަލް ޖުޑީޝަލް ކޮންފަރެންސްގެ ހަވާސާގައި ސޮއިކުރި މި އެއްބަސްވުމަކީ ރާއްޖޭގެ ޖުޑީޝަރީން އަރަބި އިސްލާމީ ގައުމެއްގެ ޖުޑީޝަރީއާ ދެމެދު ހެދި ފުރަތަމަ އެއްބަސްވުމެވެ.