ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނުފެނޭ: ފައްޔާޒު

އަދަދު

24 ނޮވެމްބަރު 2025 | ހޯމަ | 7:14

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ގެއްލިގެން ދިޔަ މައިގަނޑު ސަބަބަކީ ޕާޓީގެ ތެރޭގައި އުފެދުނު ބައިބައިވުން ކަމަށާއި، އެކަމުގެ ސަބަބުން އެމްޑީޕީގެ މެންބަރުންގެ ހިތަށް ވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ޕާޓީއަށް ލިބޭނެ ކުރިއެރުމެއް ނުފެންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވަމުން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި، ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާ ދެއްވާކަން އިއުލާނު ކުރެއްވުމުގެ ކުރިން ފައްޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓަކަށް ވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރެއްވި ހިސާބުން ފެށިގެން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ގޮންޖެހުންތަކެއް ދިމާވަމުންދާ ކަމަށެވެ،

"މިހާރު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑުގެ އެ ޝައުގުވެރިކަމުގެ ސަބަބުން ޕާޓީގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ދިމާވޭ. އެއީ ހަގީގަތް، ތިބޭފުޅުންނަށް ވަރަށް ރަނގަޅަށް އެކަން އެނގިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް