މިލަންދޫ ފަރަށް އެރި ޓަގު ބޯޓެއް 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
އަދަދު
24 ނޮވެމްބަރު 2025 | ހޯމަ | 9:03
ށ. މިލަންދޫ ފަރަށް އެރި ޓަގު ބޯޓެއް 12 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން އެންވަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ އިން ނިންމައިފި އެވެ.
ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓްރީކޮށްގެން ސިންގަޕޫރުގެ ކުންފުންޏަކުން ދުއްވާ "ޝްވޭ ލިން ޔޯން" ނަމަކަށް ކިޔާ ޓަގު ބޯޓު މިލަންދޫ ފަރަށް އެރީ އޮކްޓޯބަރު، 2024، ގަ އެވެ.
އީއާރްއޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓަގު ބޯޓު މިލަންދޫ ފަރަށް އެރުމުގެ ސަބަބުން އެ ފަރުގެ 477 އަކަފޫޓުގެ ސަރަހައްދަކަށް ގެއްލުންވެފައިވާ ކަމަށެވެ.