ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވާން އެދިއްޖެ
އަދަދު
24 ނޮވެމްބަރު 2025 | ހޯމަ | 10:47
ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެތީ ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެދިއްޖެ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން މިއަދު މެންދުރު ފަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.
އެކި ހިސާބުތަކަށް ވިއްސާރަކޮށް، އާންމު ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މެޓުން ބުނީ ދަތުރުވެރިން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު އަދާ ހަމަކުރުމަށް އެދޭ ކަމަށެވެ.