ޝާކިރުގެ ސުވާލެއް: މަޝްރޫއުތައް ހިންގަނީ ޖިންނި ޝައިތާނުން ބޭނުންކޮށްގެންތޯ؟
އަދަދު
24 ނޮވެމްބަރު 2025 | ހޯމަ | 12:10
ނުފަށާ މަޝްރޫއުތަކެއް ނިމޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެ މަޝްރޫއުތައް ނިމިފައިވާ ކަމަށް ސަރުކާރުން ބުނަމުންދަނީ ޖިންނި ޝައިތާނުން ބޭނުންކޮށްގެން އެ މަސައްކަތް ކޮށްފައިވާތީތޯ ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ސުވާލު އުފައްދަވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ޝާކިރު ވަނީ އޭނާގެ ދާއިރާގައި ހިމެނޭ ރަށްރަށުގައި މަޝްރޫއުތައް ނުހިނގާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ކުނަހަންދޫގައި ފެނާއި ނަރުދަމާއެއް ނެތް. މި ބުނަނީ ނުވެސް ފެއްޓެނީއޭ. ކިހިނެއްހޭ ނުފެއްޓި ނިންމަނީ. އަޖައިބެއް ކަހަލަ ކަމެއްނު. މިއީ ޖިންނި ޝައިތާނުން ބޭނުންކޮށްގެންތޯ މިކަން ކުރަން މި އުޅެނީ. ނުފެއްޓި ކިހިނެއްހޭ ނިންމާނީ،" ޝާކިރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.