މީކާއިލް ހުށަހެޅި ބިލު ބޭރުކޮށްލައި ޕީއެންސީގެ މެޖޯރިޓީން ނިންމީ އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައި ބޭއްވުމަށް

އަދަދު

24 ނޮވެމްބަރު 2025 | ހޯމަ | 2:07

ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅި ބިލު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެޖޯރިޓީން ބޭރުކޮށްލައިފި އެވެ.

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އެ ބިލު ބަލައިނުގަނެ ބޭރުކޮށްލުމަށް 48 މެންބަރުން ވޯޓު ދިނެވެ. ބިލު ބަަލައިގަތުމަށް ވޯޓު ދިނީ 11 މެންބަރުންނެވެ. އެއީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު އެ ގާނޫނު އުވާލަން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު ޕާކު ކޮށްފައި ބޭއްވުމަކީ ގޯހެއްކަން ގަބޫލުކުރައްވާ ކަމަށް ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވި އެވެ. މި ގާނޫނު ވުޖޫދުގައި އޮތުމުން މި ސަރުކާރުން ތިން މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ދައުވާ ކުރަން ނިންމިކަން މީކާއިލް ފާހަގަކުރި އެވެ.

މައުޟޫޢުތަށް