މުއިއްޒުގެ ފުވައްމުލަކު ދަތުރުގައި ބިންގާ އެޅި އެއްވެސް މަޝްރޫއެއްގެ މަސައްކަތް ކުރިއަކަށް ނުދޭ
އަދަދު
24 ނޮވެމްބަރު 2025 | ހޯމަ | 4:31
މި މަހުގެ ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު ފުވައްމުލަކަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން ބިންގާ އެޅި ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ނުދާކަން އެނގިއްޖެ އެވެ.
މުއިއްޒުގެ ދަތުރުގެ ތެރެއިން ފަސް މަޝްރޫއެއްގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށީ ނޮވެމްބަރު 4، ގަ އެވެ. އެއީ މީގެ 20 ދުވަސް ކުރި އެވެ. އެކަމަކު، ރަމްޒީކޮށް ބިންގާ އެޅުމުގެ އިތުރުން އެ ޕްރޮޖެކްޓުތަކުގެ އެއްވެސް ކަމެއް ކުރިއަކަށް ނުދެ އެވެ.
މީގެ ތެރެއިން ވޭސްޓް މެނޭޖްމަންޓު ސެންޓަރާއި ނޭޝަނަލް ލައިބްރަރީގެ ގޮފީގެ މަޝްރޫއު ހިންގާ ސަރަހައްދުގެ ބިން ވެސް ސާފުކޮށްފައެއް ނުވެ އެވެ. އަނެއް ތިން މަޝްރޫއުގެ މަސައްކަތް ކުރާ ސައިޓުގައި އެއްވެސް މީހަކު ނެތްއިރު މަސައްކަތް ކުރިއަށް ދާ މަންޒަރެއް ވެސް ނުފެނެ އެވެ.