މުސާރައިގެ އާ އޮނިގަނޑާމެދު ހިތްހަމަ ނުޖެހިގެން ޖުޑިޝަރީގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފި
އަދަދު
24 ނޮވެމްބަރު 2025 | ހޯމަ | 5:27
ޝަރުއީ ދާއިރާގެ މުސާރައިގެ އާ އޮނިގަނޑާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް އެ ދާއިރާގެ މުވައްޒަފުން، ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މި ޕެޓިޝަންގައި ސޮއިކުރި ބައެއް މުވައްޒަފުން ބުނީ 600 އަށް ވުރެ ގިނަ މުވައްޒަފުން ޕެޓިޝަންގައި ސޮއިކުރި ކަމަށެވެ.
"ސޮއި ނުކުރެވުނަސް، މި ޕެޓިޝަނަކީ މުޅި ދާއިރާގެ ކަންބޮޑުވުން،" މާލޭގެ ކޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.