ބައިހާޓްގެ ކުޑަކުދިންގެ ފޯމިއުލާ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި
އަދަދު
24 ނޮވެމްބަރު 2025 | ހޯމަ | 7:27
ކުޑަކުދިންނަށް ދޭ ކިރުގެ ބާވަތެއް ކަމުގައިވާ "ބައިހާޓް ހޯލް ނިއުޓްރިޝަން އިންފަންޓް ފޯމިއުލާ" އިން ނުރައްކާތެރި ޖަރާސީމެއް ފެނިފައިވާތީ އެ އުފެއްދުން އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގައި އުފައްދާފައިވާ އިންފެންޓު ފޯމިއުލާއެއް ކަމަށްވާ "ބައިހާޓު ހޯލް ނިއުޓރިޝަން އިންފެންޓު ފޯމިއުލާ" އިން "ކުލޮސްޓްރިޑިއަމް ބޮޓުލިނަމް" ޖަރާސީމް ފެނިފައިވާ ކަމަށެވެ.
އެހެންވެ، އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އެމެރިކާގެ އެފްޑީއޭއިން އަންގާފައިވާކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް (އިންފޯސަން) އިން ރާއްޖެއަށް ވެސް އަންގާފައިވާ ކަމަށެވެ.