ވިޔަފާރި ބޭނުމަށް މާލެ އާއި ވިލިމާލެއިން މުއިއްޒު ބިންތައް ދޫކުރީ ކައުންސިލުން ފާސްނުކޮށް: ސައިފު

އަދަދު

25 ނޮވެމްބަރު 2025 | އަންގާރަ | 8:40

މާލޭ މޭޔަރަކަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުންނެވިއިރު، އިއުލާނު ކުރުމެއް ނެތި މާލެ އާއި ވިލިމާލެއިން އަމިއްލަ ފަރާތްތަކާއި ރާއްޖޭން ބޭރުގެ ބައެއް ފަރާތްތަކަށް ބިންތަކާއި އިމާރާތްތައް ދޫކޮށްލީ ކައުންސިލުން ފާސްނުކޮށް ކަމަށް، މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފު ފާތިހު ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހަށް ސައިފު ވިދާޅުވީ މުއިއްޒު މޭޔަރަކަށް އިންތިހާބު ވުމަށް ފަހު މާލޭގެ އަގުބޮޑު ބިންތައް ހިތުހުރި ގޮތަކަށް "ބަހާލީ" ކައުންސިލުގައި އެއްވެސް މަޝްވަރާއެއް، ނިންމުމެއް ވެސް ނެތި ކަމަށެވެ. އެއީ ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ހަގީގަތުގައި ވެސް އެއީ ބޮޑު ޖަރީމާއެއް. އެ މައްސަލަ އޭރު ވެސް އަޅުގަނޑުމެން ނަގަމުން ދިޔައިން. އޭސީސީއަށް ވެސް ހުށަހެޅިން. ނަމަވެސް އެއްވެސް ކަމަކަށް އެކަމަށް ބެލުމެއް ނެތި ދިޔައީ ބިންތައް ދޫކުރަމުން،" ސައިފު ވިދާޅުވި އެވެ.

މައުޟޫޢުތަށް