ޗެއާޕާސަން ޒިންމާ އަދާކުރާނެ މީހަކާއި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅަން އެމްޑީޕީގެ ގައުމީ މަޖިލިސް އެއްވަނީ

އަދަދު

25 ނޮވެމްބަރު 2025 | އަންގާރަ | 6:03

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވާތީ އެކަމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާނީ ގައުމީ މަޖިލީހުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ހުސްވީ މެއި 2022 ގައި އެ މަގާމާ ހަވާލުވި ފައްޔާޒު އިސްމާއީލް އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ރޭ ނެރުނު ނޫސްބަޔާނެއްގައި އެ ޕާޓީން ބުނި ގޮތުގައި އެކަމާ ގުޅިގެން ލީޑާޝިޕްގެ ބައްދަލުވުމެއް ބާއްވައި ގޮތްތަކެއް ވަނީ ކަނޑައަޅާފަ އެވެ.

"ގައުމީ ހިންގާ ކޮމިޓީން ނިންމައިފައިވަނީ، ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބު ކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް، ޤައުމީ މަޖިލީހުން ކަނޑައަޅާ ފަރާތަކާ ވަގުތީގޮތުން ހަވާލު ކުރުމަށާއި އަދި، ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް، ވަރަށް އަވަހަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ހުށަހެޅުމަށް،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް