ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ
އަދަދު
25 ނޮވެމްބަރު 2025 | އަންގާރަ | 7:05
ރޭ މެންދަމުން ފެށިގެން ވެހެމުން ދިޔަ ވާރޭގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ އެވެ.
މޫސުން ގޯސްވެ، މާލެ ސަރަހައްދު ހިމެނޭހެން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން، މިއަދު ހެނދުނު 9:00 އާ ހަމައަށް ޔެލޯ އެލާޓު ނެރެފައި ވާއިރު، މާލެ އަށް ވެހެމުންދާ ވާރޭގައި އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ މާފަންނު ސަރަހައްދުގަ އެވެ.
މާލޭގެ ބައެއް މަގުތަކުގައި ހިނގާބިނގާވުމަށް ދަތިވާ މިންވަރަށް ފެންބޮޑުވެފައި ވާއިރު، މާފަންނު ބައެއް ސަރަހައްދުތަކުގައި ވެހިކަލް ދުއްވަން ދަތިވާ މިންވަރަށް ފެންބޮޑުވެފައިވެ އެވެ.