ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓޭނީ ހާރިޖީ ގުޅުމުން, ބަރު ހަތިޔާރަކުން ނޫން: ޝަމްހީދު
އަދަދު
25 ނޮވެމްބަރު 2025 | އަންގާރަ | 9:42
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓޭނީ ހާރިޖީ ގުޅުމުން ކަމަށާއި އެކަން ކުރެވޭނީ ބަރު ހަތިޔާރުން ނޫން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރު އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ، ފެނާއި ނަރުދަމާއަށް ކުރާ ހަރަދަށް ވުރެ، ބަރު ހަތިޔާރު ގަތުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހަރަދު މާ ބޮޑު ކަމަށެވެ. އެއީ ރާއްޖޭގެ ކުރިމަގަށް ރަނގަޅު ގޮތެއް ނޫން ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
"މި ބަޖެޓު ކުރަނީ ފެނާއި ނަރުދަމާއަށްވުރެ ބޮޑަށް ބަރު ހަތިޔާރު ގަތުމަށް. މިއީ އަޅުގަނޑުމެން ކުރިއަށްދާންވީ ގޮތެއް ނޫން ގައުމެއްގެ ގޮތުގައި. އަޅުގަނޑުމެންގެ އިސްތިގުލާލު އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ބަރު ހަތިޔާރަކުން ނޫން އަޅުގަނޑުމެންގެ އިސްތިގުލާލު އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ދޭދޭ ގައުމުތަކާއެކު އަޅުގަނޑުމެން ބާއްވާ ގުޅުމާއި އަޅުގަނޑުމެންގެ ދަރަނި ދެއްކޭނެ ގޮތެއް ލިބިގެން،" އޭނާ ވިދާޅުވި އެވެ.