މުއިއްޒުގެ ރިޔާސީ ދައުރުގެ ތިންވަނަ އަހަރަށް 64 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓު ފާސްކޮށްފި

އަދަދު

25 ނޮވެމްބަރު 2025 | އަންގާރަ | 1:57

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް މިއަދު ފާސްކޮށްފި އެވެ.

ބަޖެޓު ފާސްކުރީ 74 މެންބަރުންގެ ވޯޓާއެކު އެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.

މައުޟޫޢުތަށް