ޝިމަން އާއި މަހުޒޫމްގެ މައްޗަށް ކުރި ދައުވާ ދައުލަތުން އަނބުރާ ގެންދަނީ

އަދަދު

25 ނޮވެމްބަރު 2025 | އަންގާރަ | 2:55

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ކުރި ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އަބްދުالله މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އެ މީހުންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ނިންމީ އެ ދެމީހުންގެ ވެސް އިތުރު ކުށުގެ ރިކޯޑެއް ނެތުމާއި އެ މީހުންގެ ފުށުން އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއްވެފައި ނުވާތީ އެ މައްސަލަ އަލުން މުރާޖައާ ކުރުމަށްފަހު ކަމަށެވެ.

ޝިމަން އާއި މަހުޒޫމްގެ މައްޗަށް ވެސް ދައުލަތުން އުފުލީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅި ކަމަށްބުނެ ޖިނާއީ ދައުވާ އެވެ. އެ ދެ މީހުންގެ މައްޗަށް ކުރާ ދައުވާ ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅީ ޖޫން 25، 2025، ގަ އެވެ.

މައުޟޫޢުތަށް