އަންހެނެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އަދަދު

25 ނޮވެމްބަރު 2025 | އަންގާރަ | 2:58

އެކައުންޓުގައި ފައިސާ ރޯލު ވާތީ ކަމަށް ބުނެ ޒަކާތް ނުލިބޭކަމުގެ ޝަކުވާ ކުރި އެކަނިވެރި މަންމަގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރެވުނީތީ އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު މާފަށް އެދިވަޑައިގެންފި އެވެ.

ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އޭނާގެ މަގުސަދެއް ނޫން ކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރީ، އެ އަންހެން މީހާ ޒަކާތާ ގުޅިގެން ދެއްކި ވާހަކަތަކަކީ ހަގީގަތް އޮޅޭ ގޮތަށް ދެއްކި ވާހަކަތަކަކަށް ވާތީ ކަމަށެވެ.

"އަޅުގަނޑު އެ ބޭފުޅާގެ އިންސާނީ ޝުއޫރަށް އިހުތިރާމު ނުހަނު މަތީ ދަރަޖައަށް އިހުތިރާމުކުރަން. އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނު ނަމަ، ނުވަތަ އެ ފަރާތުގެ ޒާތީ މައުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެ ކަމަށް ނިހާޔަތަށް މައާފަށް އެދެން،" ޝަހީމް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް