ސިޔާސީ ހިޔާލުތަފާތުވުމަށް އާއިލީ އަރައިރުން ނުކިޔުމަށް އެދިވަޑައިގެން ފަޒުނާ ދެއްކެވި ވާހަކައަށް ނަޝީދު ތާއީދު ކުރައްވައިފި

އަދަދު

25 ނޮވެމްބަރު 2025 | އަންގާރަ | 3:24

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުމަކީ އާއިލީ އަރައިރުމެއްގެ ގޮތުގައި ސިފަކުރުމަކީ އެ ދެ ބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް ވިދާޅުވެ ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ދެއްކެވި ވާހަކައަށް ނަޝީދު ތާއީދު ކުރައްވައިފި އެވެ.

އަދަދު ގައި ޝާއިއުކުރި އެ ހަބަރުގެ ލިންކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހާރާއި މިހާރު ގްރޫޕަށް ލުމުން، ނަޝީދު ވިދާޅުވީ ފަޒުނާ އެ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ.

"ވަރަށް ރަނގަޅު ވާހަކައެއް މެޑަމް ފަޒޫ އެ ވިދާޅުވީ، އަސްލު މެޑަމް ފަޒޫއަކީ ވަރަށް ގިނަ މަސައްކަތް އެމްޑީޕީއަށް ކޮށްދެއްވި ބޭފުޅެއް. މެޑަމް ފަޒޫއަކީ ވަރަށް އޯގަނައިޒްޑްކޮށް ވަރަށް ގިނަ ޑޯޓުޑޯ ހަރަކާތްތައް އަދި ޕޮލިސީ މަސައްކަތްތައް ކޮށްދެއްވި ގަދަ ބޭފުޅެއް،" ނަޝީދު ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް