ފުވައްމުލައް ސިޓީގެ މޭޔަރު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވައިފި
އަދަދު
26 ނޮވެމްބަރު 2025 | ބުދަ | 7:46
ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވާފައިވާކަން ރަސްމީކޮށް އިއުލާންކުރައްވައިފި އެވެ.
ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި މޭޔަރު އިސްމާއީލް ވިދާޅުވީ އެ ސިޓީގެ މޭޔަރަކަށް ވުމަކީ "ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު" ކަމަށެވެ.
މޭޔަރުކަމުގައި ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށާއި ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އިސްމާއީލް ވިދާޅުވި އެވެ. ނަމަވެސް ސިޓީގެ ތަރައްގީ އަށް ހާސިލްކުރަން ބޭނުންވާ ކަންކަންކޮށް ނުނިމޭ ކަމަށް އޭނާ ވިދާޅުވި އަދި ފެށިފައި ހުރި ކަންތައްތައް ހަރުދަނާ ގޮތަކަށް ކުރިއަށް ގެންދިއުމަށާއި ޕްލޭންކޮށްފައި ހުރި އިތުރު ކަންކަން ކުރިއަށް ގެންދަން އަދި އިދާރީ ހިންގުން އިތުރަށް ހަރުދާނާ ކުރުމަށް އިތުރު ދައުރެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.