އެމްޑީޕީ މާލޭ މޭޔަރު ޕްރައިމަރީގައި ފައްޔާޒްގެ ތާއީދު އަލީ އާޒިމަށް
އަދަދު
25 ނޮވެމްބަރު 2025 | އަންގާރަ | 11:04
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މާލެ ސިޓީ މޭޔަރު ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ތާއީދު އަލީ އާޒިމަށް އޮތްކަން މިއަދު ހާމަކުރައްވައިފި އެވެ.
ފައްޔާޒް ވަނީ އަލީ އާޒިމްގެ ކެމްޕެއިނުގައި ރަސްމީކޮށް ބައިވެރިވެ މިއަދު އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ބައްދަލުވުމުގައި އަލީ އާޒިމަށް ތާއީދުކުރައްވާ ގިނަ ބަޔަކު ބައިވެރިވި އެވެ.
އެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ އަލީ އާޒިމަކީ އެމްޑީޕީގެ މޭޔަރެއް ހުރިކަމުގެ އިހުސާސް އެމްޑީޕީގެ މެމްބަރުންނަށް ގެނެސްދޭނެ އެމްޑީޕީ ވަންތަ ކެންޑިޑޭޓެއް ކަމަށެވެ.