ބިލްތައް ނިންމަން އާ ތާރީހެއް، އެއަށް ފަހު 14 ދުވަސްތެރޭގައި ބަރާބަރަށް ފައިސާ ދޭނެ ކަމަށް ވިދާޅުވި
އަދަދު
26 ނޮވެމްބަރު 2025 | ބުދަ | 12:07
އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދައްކަންޖެހި ނުދައްކައި ހިފަހައްޓާފައިވާ އެތައް ބިލިއަން ރުފިޔާއެއް މި އަހަރުގެ ނިޔަލަށް ދައްކައި ހަލާސްކޮށް، އެއަށް ފަހު ކޮންމެ ބިލަކަށް އެންމެ ގިނަ ވެގެން 14 ދުވަސްތެރޭގައި ފައިސާ ދައްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މައްޗަންގޮޅީ އަވަށުގެ ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ޖަލްސާގައި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނަކު އޭނާގެ ޝަކުވާތައް ބަންޑުންކޮށްލި އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ފޯރުކޮށް ދޭ ހިދުމަތާއި މަސައްކަތްތަކަށް ފައިސާ ނުލިބިގެން ހަ މަސް ދުވަސް ވަންދެން ވެސް އުޅެންޖެހިފައިވާ ކަމަށެވެ.
ރައްޔިތުންގެ ގިނަ ޝަކުވާތަކަށް ޖަވާބެއް ނުދެއްވި ނަމަވެސް، ބިލްތައް ހަލާސްކުރާނެ ކަމަށް ކުރިން ވީ ވައުދު ވެސް ފުލުން ގޮސްފައި އޮތުމުން، އަންހެން މީހާގެ ކަންބޮޑުވުމަށް މުއިއްޒު ޖަވާބު ދެއްވި އެވެ.