ހުލާސާކޮށް އިއްޔެ: އެމްޑީޕީން ބީއެމްއެލްއަށް އިންޒާރެއް!

އަދަދު

26 ނޮވެމްބަރު 2025 | ބުދަ | 6:27

ބީލަމަށް ނުލައި 53 ޕްރައިވެޓް ކުންފުންޏަކަށް ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކަށް ފައިނޭންސް ޣައިރު ގާނޫނީ ކަމެއް ކަމަށާއި އެފަދަ ކަމަކަށް ސަރުކާރަށް ވާގިވެރިނުވުމަށާއި، އެ މަޝްރޫއުތަކަށް ފައިނޭންސް ކޮށްދީފިނަމަ ދެން އުފެދޭ ސަރުކާރުގައި މައްސަލަތައް ބަލައި އެކަމުގައި ޝާމިލުވާ އެންމެނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން އިއްޒާރު ދިނެވެ.

އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފު ސޮއިކުރައްވައި، އިއްޔެ ބީއެމްއެލްގެ ޗެއާމަން އަހުމަދު އަލީ ހަބީބަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ މައިގަނޑު އުސޫލުތަކާ ހިލާފަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުތަކަށް ބޭންކުން ފައިނޭންސް ކޮށްދެނީ ވެސް ބޭންކުގެ އުސޫލުތަކާ ހިލާފަށް، ބޭންކަށް ގެއްލުންވާ ގޮތަށް ގޮތަކަށް ކަމަށެވެ.

"މިފަދަ ޣައިރު ގާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިނުވުމަށް މި ޕާޓީން ނަސޭހަތްތެރިވެ، އެކަންކަން ހުއްޓައިލުމަށް ދަންނަވަމެވެ. އަދި، ދެން އުފެދޭ ސަރުކާރުގައި، މި މައްސަލަތައް އަވަހަށް ބަލައި، މި ކަންކަމުގައި ޝާމިލުވާ އެންމެނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ." ސިޓީގައިވެ އެވެ.

މައުޟޫޢުތަށް