"މަސްތުވާން ކުދި ކުށްކުރާ މީހާ ބަންދުކުރުމުގެ ބަދަލުގައި ދޭންވީ ފަރުވާގެ ފުރުސަތު"
އަދަދު
26 ނޮވެމްބަރު 2025 | ބުދަ | 10:13
މަސްތުވާތަކެތި ބޭނުންކުރަން ކުދި ކުށް ކުރާ މީހާ ބަންދުކުރުމުގެ ބަދަލުގައި ދޭންވީ ފަރުވާގެ ފުރުސަތު ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބް އިއްޔެ ވިދާޅުވެއްޖެ އެވެ.
ފިހާރައަކުން ތިން ލޯޝަން ފުޅި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ގެންދިޔަ ގދ. ގައްދޫ، ކުއްޅަވައްގެ، އިބްރާހިމް ޝާކިރު، 44 ގެ ބަންދު މަޖިލީހުގައި ސަފްއަތު ވިދާޅުވީ ކުދި ކުށްތަކުގައި މީހުން ބަންދުކުރުމުން ބައެއް ފަހަރު ޝަރީއަތުގެ ވިސްނުން ފަހުމް ނުވެދާ ކަމަށެވެ.
ގާޒީ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރަން ކުދި ކުށް ކުރާ މީހާ ތުހުމަތެއްގައި ބަންދުކުރުމަށްފަހު މުއްދަތު ހަމަވުމުން ދޫކޮށްލިޔަސް ނަފްސު އިސްލާހުކުރުމުގެ މަސައްކަތް ކުރުމަށް އަމިއްލަ ޒަމީރަށް ވެސް އުނދަގޫވާނެ ކަމަށެވެ.