ޕީއެންސީއަށް ބަދަލުވި މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ

އަދަދު

26 ނޮވެމްބަރު 2025 | ބުދަ | 10:50

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި ކެބިނެޓު މިނިސްޓަރުކަން ކުރެއްވި އަހްމަދު މަހުލޫފް، ޖަޕާނަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނުކުރަން ނިންމައިފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ މަގާމަށް މަހުލޫފް އައްޔަނުކުރުމަށް އެދި މުއިއްޒު ފޮނުވި ސިޓީ އިއްވާފަ އެވެ. އެ މައްސަލަ ފޮނުވީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.

މަހުލޫފް އެންމެ ފުރަތަމަ ސިޔާސީ މައިދާނުން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭގެ ފަހުން މައުމޫން އުފެއްދެވި ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ވެސް މަހްލޫފް މަސައްކަތް ކުރެއްވި އެވެ.

މައުޟޫޢުތަށް