އޭޓީއެމް ރަސްގެފާނަކީ މުއިއްޒު ކަމަށް ބުނެ މައްޗަންގޮޅި އުތުރުގައި އޭޓީއެމްއެއް ބަހައްޓަން އެދިއްޖެ
އަދަދު
26 ނޮވެމްބަރު 2025 | ބުދަ | 12:28
މައްޗަންގޮޅި އުތުރު ދާއިރާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްއެއް ބަހައްޓައިދިނުމަށް މުހައްމަދު މުއިއްޒުގެ އަރިހުގައިި އެ ދާއިރާގެ ރައްޔިތަކު އެދިއްޖެ އެވެ.
މިކަމަށް ރައްޔިތަކު އެދުނީ އަމީނިއްޔާ ސްކޫލުގައި ރޭ މައްޗަންގޮޅިި ރައްޔިތުންނާ ބައްދަލުކުރުމަށް މުއިއްޒު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އެއާއެކު އެ ތަނުގައި ތިބި އެހެން ރައްޔިތުން ތަރުހީބު ދިން މަންޒަރު ޓީވީން ފެނުނެވެ.
"މައްޗަންގޮޅި އުތުރު ދާއިރާއަށް އަޅުގަނޑުމެން އޭޓީއެމްއެއް ބޭނުންވޭ. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު، ރައީސްއަކީ އޭޓީއެމްގެ ރަސްގެފާނު، އެހެންވީމާ އޭޓީއެމްއެއް ހަމަޖައްސައިދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ރިކުއެސްޓެއް،" ޝުއޫރު ފާޅުކުރި ރައްޔިތަކު ބުންޏެވެ.