ރައުދުއަށް 27 ދުވަހުގެ ޖަލު ހުކުމެއް، ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ދެން ޖަލަށް ދާކަށް ނުޖެހޭނެ
އަދަދު
26 ނޮވެމްބަރު 2025 | ބުދަ | 1:49
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.
މި މައްސަލާގައި ދައުލަތުން ރައުދުގެ މައްޗަށް ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. ރައުދު ވަނީ އެ ކުށަށް އިއުތިރާފުވެފަ އެވެ.
ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ދެން އޭނާ ބަންދުގައި ހުންނާކަށް ނުޖެހޭނެ އެވެ. ސަބަބަކީ މީގެ ކުރިން ތަހުގީގު މަރުހަލާގައި އޭނާ 32 ދުވަހު ފުލުހުންގެ ބަންދުގައި ހޭދަކޮށްފައި ވާތީ އެވެ.