މަޖިލިސް ގޮނޑިތަކުގެ 30 ޕަސެންޓު ޒުވާނުންނަށް ހާއްސަކުރަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި

އަދަދު

26 ނޮވެމްބަރު 2025 | ބުދަ | 2:21

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 93 ގޮނޑީގެ ތެރެއިން 30 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރުމަށް ގާނޫނުއަސާސީ ބަދަލު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ 45 ޕަސެންޓަކީ ޒުވާނުން ކަމުގައިވީ ނަމަވެސް ވިހިވަނަ މަޖިލީހުގައި ޒުވާނުން ކަމަށް ބަލާ އުމުރުފުރާގައި ހިމެނެނީ އެންމެ 11 ޕަސެންޓު މެންބަރުން ކަމަށް ވިދާޅުވެފަ އެވެ.

ޒުވާނުން ތަމްސީލު ކުރުމުގައި އޮތް ބޮޑު ފަރަގަށް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށާއި އެއީ މި އިސްލާހު ހުށަހެޅި މައިގަނޑު ސަބަބު ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މީކާއިލް ވިދާޅުވި އެވެ.

މައުޟޫޢުތަށް