ކަރެކްޝަންސްގެ ޑެޕިއުޓީ ކޮމިޝަނަރު ރިޓަޔާކުރައްވައިފި

އަދަދު

26 ނޮވެމްބަރު 2025 | ބުދަ | 6:19

މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު، އިބްރާހިމް މުހައްމަދު ދީދީ އެ މަގާމުން ރިޓަޔާ ކުރައްވައިފި އެވެ.

އިބްރާހިމް ރިޓަޔާ ކުރެއްވިކަން، ކަރެކްޝަންސްއިން ވެސް އަދަދު އަށް ކަށަވަރުކޮށްދިނެވެ. ކަރެކްޝަންސްގެ މީޑިއާ އޮފިސަރު، އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ އިބްރާހިމް ރިޓަޔާ ކުރެއްވީ މިއަދު މެންދުރުފަހު ކަމަށެވެ.

އިބްރާހިމް ރިޓަޔާ ކުރެއްވީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގެ އެވެ. އެހެންނަމަވެސް އިބްރާހިމް ރިޓަޔާ ކުރެއްވިއިރު، ކަރެކްޝަންސްގެ އެގްޒެކެޓިވް ލެވެލްގެ އޮފިސަރުންގެ މެދުގައި ވަނީ ވަރަށް ބޮޑެތި ނުތަނަވަސްވުން އުފެދިފަ އެވެ.

މައުޟޫޢުތަށް