ފިޔަވަޅު އަޅަން ކޮމިޓީން ފާސްކުރި މީހުންގެ ތެރޭގައި ޝިފާން އާއި ފަރުހާދުގެ މައްސަލަ ފެންމަތިކުރި ވިސްލްބްލޯވަރުން ހިމެނޭ

އަދަދު

26 ނޮވެމްބަރު 2025 | ބުދަ | 8:36

ފުލުސް އޮފީހުން ވަކި ކުރަން ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރި ލިސްޓުގައި ހިމެނޭ ގިނަ ފުލުހުންނަކީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ ތިލަކުރި ވިސްލްބްލޯވަރުންގެ ތެރޭގައި ހިމެނޭ ބައެއްކަން އެނގިއްޖެ އެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރީ ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން ހިމެނޭހެން ފުލުހުންގެ އެގްޒެކެޓިވް ލެވެލްގައި ހިމެނޭ ހަތް ފުލުހަކަށް ފިޔަވަޅު އަޅަން ލަފާދޭން ފެންނަ ކަމަށެވެ. އެ ކޮމިޓީން އެގޮތަށް ފާސްކުރީ ސިއްރު ކޮށްގެން ގެންދިޔަ މިއަދުގެ ބައްދަލުވުމުގަ އެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ވަނީ އެ ކޮމިޓީން ބަލަމުން އައި ޕޮލްކޯގެ މައްސަލައިގައި ތައްޔާރުކުރި ރިޕޯޓު، ރިކޮމެންޑޭޝަންތަކަކާއެކު ފާސްކޮށްފަ އެވެ.

މައުޟޫޢުތަށް